Thursday, May 31, 2012

Kanfathu Handi

ކަންފަތު ހަންޑި

ޙުސައިން ސިރާޖު

މަނާލް ސުކޫލުން އަންނަނިކޮށް ހަންޑިއަކާ ދިމާވިއެވެ. އެއީ، ވަރަށް
ރައްޓެހި ހަންޑިއެކެވެ. އެހަންޑިއަށް
ކިއަނީ ކަންފަތު ހަންޑިއެވެ.
-1-
ހަންޑީގެ ގެހުންނަނީ ވަލުގައެވެ.
އެއްދުވަހަކު މަނާލް ހަންޑީގެ ގެއަށް ދިއައެވެ.
ހަންޑީގެ ކޮއްކޮ ވަރަށް ލޯތްބެވެ.
-2-
ކޮއްކޮ ހަންޑީގެ
ލޮލެއްނެތޭ ބޮލެއްނެތޭ
އަތެއްނެތޭ ދަތެއްނެތޭ
މަނާލް ބުންޏެވެ.
-3-
މަނާލުގެ މާމަ ކޮއްކޮ ހަންޑިއަށް
ދޭން ހަދިއާ ފޮށްޓެއް ހެދިއެވެ.
-4-
ފޮށްޓަށް ފުރަތަމަލީ ލޮލެކެވެ.
ދެންލީ ބޮލެކެވެ.
ދެންލީ ދޮންދޮން މޫނެކެވެ.
-5-
މާމަ ފޮށްޓަށްލީ މޫނުގައި ރީތިރީތި
ނޭފަތެއް ހަރުކުރިއެވެ.
-6-
މާމަ ހަދިޔާ ފޮށިދިނުމުން ކަންފަތު ހަންޑި ވަރަށް އުފަލުން މާމައަށާއި
މަނާލަށް ސުކުރުއަދާކުރިއެވެ.
-7-
ހަންޑިގެއަށްދިއައީ އުފަލުން ހެމުން
ދެކަންފަތުން އުދުހިލާފައެވެ.
-8-
މަނާލްގެ ކަންފަތުހަންޑި ވާހަކައަކީ
4 އަހަރާއި 8 އަހަރާ ދެމެދުގެ
ކުދިންނަށް ތައްޔާރުކުރެވިފާވާ ވާހަކައެކެވެ.

Wednesday, May 30, 2012

The letter from grandma

މާމަގެ ސިޓީ
c
ހެދޭކުރި
  ހދ.ވައިކަރަދޫ
              މާމަ ލޯބިވާ މަނާލަށް
              ހެޔޮދުޢާއާއި ސަލާމަށްފަހު ލިޔަމެވެ.
              މާމަގެ ޙާލު ރަނގަޅެވެ. ދަރިފުޅުގެ ޙާލުވެސް ރަގަނޅު ވާނޭކަމަށް ހީކޮށް އުފާކުރަމެވެ.
ޖެނުއަރީ މަހު ދަރިފުޅު އިންދި މާގަސްތައް މިހާރު ވަރަށް ބޮޑެތިވެއްޖެއެވެ.
ފެބްރުއަރީ މަހާއި މާރޗް މަހު މާގަސްތަކަށް މާމަ ފެންދިނީ ކޮންމެ ދުވަހަކު ހަވީރުއެވެ.
އެޕްރީލް މަހާއި މޭ މަހުު ހޫނުގަދަކަމުންް ދުވާލު ދެއިރު، ހެނދުނާއި ހަވީރު، ގަސްތަކަށް މާމަ ފެންދިނީމެވެ.
ޖޫން މަހާއި ޖުލައި މަހު ވިއްސާރަ ވެހޭތީ މާގަސްތަކަށް މާމަ ފެނެއް ނުދެމެވެ.
ދަރި ފުޅަށް އެގޭހެއްޔެވެ؟ ފުރަތަމަ ގަހުގައި މާއެޅީ އޮގަސްޓް މަހުއެވެ.
ސެޕްޓެންބަރ މަހާއި އޮޓޯބަރ މަހު ………………. 
.