Thursday, May 31, 2012

Kanfathu Handi

ކަންފަތު ހަންޑި

ޙުސައިން ސިރާޖު

މަނާލް ސުކޫލުން އަންނަނިކޮށް ހަންޑިއަކާ ދިމާވިއެވެ. އެއީ، ވަރަށް
ރައްޓެހި ހަންޑިއެކެވެ. އެހަންޑިއަށް
ކިއަނީ ކަންފަތު ހަންޑިއެވެ.
-1-
ހަންޑީގެ ގެހުންނަނީ ވަލުގައެވެ.
އެއްދުވަހަކު މަނާލް ހަންޑީގެ ގެއަށް ދިއައެވެ.
ހަންޑީގެ ކޮއްކޮ ވަރަށް ލޯތްބެވެ.
-2-
ކޮއްކޮ ހަންޑީގެ
ލޮލެއްނެތޭ ބޮލެއްނެތޭ
އަތެއްނެތޭ ދަތެއްނެތޭ
މަނާލް ބުންޏެވެ.
-3-
މަނާލުގެ މާމަ ކޮއްކޮ ހަންޑިއަށް
ދޭން ހަދިއާ ފޮށްޓެއް ހެދިއެވެ.
-4-
ފޮށްޓަށް ފުރަތަމަލީ ލޮލެކެވެ.
ދެންލީ ބޮލެކެވެ.
ދެންލީ ދޮންދޮން މޫނެކެވެ.
-5-
މާމަ ފޮށްޓަށްލީ މޫނުގައި ރީތިރީތި
ނޭފަތެއް ހަރުކުރިއެވެ.
-6-
މާމަ ހަދިޔާ ފޮށިދިނުމުން ކަންފަތު ހަންޑި ވަރަށް އުފަލުން މާމައަށާއި
މަނާލަށް ސުކުރުއަދާކުރިއެވެ.
-7-
ހަންޑިގެއަށްދިއައީ އުފަލުން ހެމުން
ދެކަންފަތުން އުދުހިލާފައެވެ.
-8-
މަނާލްގެ ކަންފަތުހަންޑި ވާހަކައަކީ
4 އަހަރާއި 8 އަހަރާ ދެމެދުގެ
ކުދިންނަށް ތައްޔާރުކުރެވިފާވާ ވާހަކައެކެވެ.

No comments:

Post a Comment